ހުޅުމީދޫ ނެރު ފުންކޮދިނުމަށް މިފްކޯއިން އެދިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ހުޅުމީދޫ ނެރު ފުންކޮދިނުމަށް މިފްކޯއިން އެދިއްޖެ!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހުޅުމީދޫގައި ތަރައްގީކޮށް ހުޅުވައިފައިވާ "އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް" އަށް ވަންނަން އޮންނަ ނެރު ފުންކޮށް ދެއްވުމަށް ކަމާބެހޭ ފަރާތްތަކުގައި އެ ކުންފުނިން އެދެފިއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެތަނަށް ވަންނަން އޮންނަ ނެރު ފުންކޮށްފައި ނުވާތީ އޮޑިދޯނި ފަހަރު ވަދެ ނުކުތުމުގައި ދަތިތަކައި ކުރިމަތި ވަމުން ދެއެވެ.

އެނގިފައިވާ ގޮތުން، އައްޑު ފިޝަރީޒް ކޮމްޕްލެކްސް ހަދައި ނިމި ހުޅުވައި ޚިދުމަތްދޭން ފެށިއިރު ވެސް އެ ބަނދަރަށް ވަންނަން އެކަށީގެންވާ ނެރެއް ނެތެވެ.

އައްޑޫ ފިޝަރީޒް ކޮންޕްލެކްސް އަކީ ހަތް މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދައިފައިވާ ތަނެކެވެ.

މިއަދު އޮންލައިން