ކްރިމިނަލް ކޯޓުގެ އިސް ޢާޒީ އަބްދުﷲ މުހަންމަދު ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިނިވަންކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައި ވަނީ އެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ހުށަހަޅާފައި ވާތީ، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި އޭނާ އާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
ހަމަ މިގޮތަށް މައްސަލަ މުރާޖާ ކުރަން ހުށައަޅަފައި ވާތީ ކުރިގެ ރައީސް ނަޝީދުވެސް ވަނީ ދޫކޮށްލާފައެވެ. އަދި އެ މައްސަލތަށް މިހާރު އަންނީ މުރާޖާ ކުރެވެމުންނެވެ.