އިސްވެރިއަކު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އެބަ ބަލަން – ފޮރިން މިނިސްޓްރީ

ކިޔުމަށް ހޭދަވާނީ 59ސ
އިސްވެރިއަކު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އެބަ ބަލަން – ފޮރިން މިނިސްޓްރީ

މިނިސްޓްރީ އޮފް ފޮރެން އެފެއާޒްގެ އިސްވެރިއަކު އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް އެމިނިސްޓްރީން މިއަދު ބުނެފިއެވެ.

އެމިނިސްޓްރީގެ އިސްވެރިއަކު އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެއަމަލު ކުށްވެރިކޮށް، އެކަން ބެލުމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވެސް ވަނީ ގޮވާލައްވާފައެވެ.

މިކަމާއި ގުޅިގެން ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިފަދަ އަމަލުތައް ކުށްވެރި ކުރައްވާ ކަމަށާއި، މިކަން ތަހުގީގު ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.

ފޮރެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިންސީ ފުރައްސާރަ ކުރުމާއި ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތައް ބެލުމަށް އެމިނިސްޓްރީގައި އުފައްދާފައިވާ ކޮމިޓީއަށް އެފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެމައްސަލަ މިހާރު އެކޮމިޓީން ބަލަމުންދާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މިއަދު އޮންލައިން