ކުއްތާއެއްގެ ކިބައިން ދަރިން ސަލާމަތްކުރަން އުޅުމުން މައިމީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑީއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ހާމަކުރި ވީޑިއޯގައި ފެންނަނީ ޗައިނާގެ މަގެއްގައި ދަރިން ގޮވައިގެން ދަނިކޮށް ކުއްތާއެއް އައިސް ދަރިންނަށް ގޯނާކުރަން އުޅުމުން އެކަމަށް ހުރަސް އެޅުމުން ކުއްތާގެ ވެރިމީހާ އައިސް މައިމީހާއަށް އަނިޔާކުރާ މަންޒަރެވެ.
ދަރިންގެ ކުރިމަތީގައި ކުރި އަނިޔާގައި މައިމިހާގެ އަތުގެ އިނގިއްޔެއްވެސް ވަނީ ބިނދިފައެވެ.
A mother in China tried to protect her children from an unleashed dog. She got beaten to the ground by its owner. pic.twitter.com/sxCOgUauLh
— SCMP News (@SCMPNews) November 8, 2018