އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ސައުދީ އަރަބިއާ ގެ އިސް ފަރާތްތަކުން ބައްދަލު ކުރައްވައިފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމަނިކުފާނު އުމްރާގެ އަޅުކަން އަދާ ކުރައްވާފައިވާ ކަމަށާއި އެ ދަތުރުފުޅުގައި ސައުދީގެ އިސް ފަރާތްތަކުން ވެސް އިބޫއާ ބައްދަލު ކުރައްވައި، މަރުހަބާ ދެންނަވާފައިވާ ކަމަށެވެ.
އިންތިހާބީ ރައީސްގެ މިދަތުރުފުޅުގައި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.