ހުޅުމާލެ އިން މާލެ އަށް ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށްކޮށްފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެއިން ހުޅުމާލެ އަންނަ ފަޅިއަށް އަރައިގެން ދަނިކޮށް ސައިކަލު ކަހާލައިގެން ދިއުމުގެ ސަބަބުން ކަމަށް ފުލުހުން ބުނި އެވެ.
މި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ އެ ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން 17 އަހަރުގެ ކުއްޖަކަށެވެ.
އަނިޔާވި ދެ މީހުންގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާގެ ފައި ވަނީ ބިންދައިގެން ގޮސްފަ އެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ލިބިފަވެއެވެ. ފަހަތުގައި އިން 17 އަހަރުގެ ކުއްޖާގެފަޔަށާއި އިތުރު ތަންތަނަށް ވަނީ އަނިޔާ ލިބިފަވެއެވެ.
އަދި 23 އަހަރުގެ މީހާ މިހާރުވަނީ އިތުތު ފަރުވާއަށްއައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.