މިއަދު ހެނދުނު ރޮބިންސަން ރިސޯޓުން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ނ. ފޮއްދޫ އާއި ރ އުނގޫފާރު ދެމެދައް ބަންޑުންޖަހާލުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނީ ލޯންޗު ބަންޑުން ޖަހާލިއިރު އޭގައި ތިން މީހަކު ތިބި ކަމަށާއި އަދި އެ ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށާއި މި 3 މީހުން ސަލާމަތް ކޮށްފައިވަނީ އެސަރަހައްދުން ދަތުރު ކުރި ލޯންޗަކުން ކަމަށެވެ.
މި ލޯންޗް ކަފުޖަހައިގެން ފޮއްދޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.