އަންނަން އޮތް ޖީލުތަކަށް މިރާއްޖެ ވާސިލުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކުރައްވާފައިވާ ޓްވީޓެއްގައެވެ.
"ދިވެހި ޤައުމިއްޔަތާއި މިނިވަންކަމުގެ ދިފާޢުގައި ބޮޑުތަކުރުފާނު ކުރެއްވި އަގުހުރި މަސައްކަތް މިއަދު ހަނދާންކުރަން. އަންނަން އޮތް ޖީލުތަކަށް މިރާއްޖެ ވާސިލުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. ޢައުމީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިރައްޔިތުންނަށް އަރިސްކުރަން."