ދަރިފުޅަށް 31 އަހަރުވާއިރު ސޯޝަލް މީޑިއާއަށް 0013 ފޮޓޯ ލެވޭ ކަމަށް ދިރާސާއަކުން ދައްކައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ދަރިފުޅަށް 31 އަހަރުވާއިރު ސޯޝަލް މީޑިއާއަށް 0013 ފޮޓޯ ލެވޭ ކަމަށް ދިރާސާއަކުން ދައްކައިފި

ދަރިފުޅަށް 13 އަހަރުވާއިރު ސޯޝަލް މީޑިއާއަށް ދަރިފުޅުގެ 1300 ފޮޓޯ/ވީޑިއޯ ލެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

 

އިނގިރޭސިވިލާތުގެ ވޮލަންޓިއަރުންގެ ބައަކު ކުރި މިދިރާސާގައި ބުނެފައިވަނީ މިއީ ބެލެނިވެރިން ސޯޝލް މީޑިއާއަށް ލާ ތަކެތި ކަމަށެވެ. އުމުރުން 11 އަހަރުގައިވެސް ކުދިން އަމިއްލައަށް ފޮޓޯލާން ފަށާ ކަމަށެވެ. އެގޮތުން އުމުރުން 11 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިން އެވްރެޖްކޮށް ދުވާލަކު 26 ފޮޓޯ/ވީޑިއޯ ލާ ކަމަށެވެ. އަދި އުމުރުން 16 އަހަރު ފުރޭއިރު އެވްރެޖް ގޮތެއްގައި 70،000 ފޮޓޯ/ވީޑިއޯ ލެވޭކަމަށް ބެލެވޭ ކަމަށެވެ.

 

ރިޕޯޓުގައި ބުނެފައިވަނީ މިގޮތަށް ފޮޓޯ އާއި ވީޑިއޯ ލުމުން އެކަމަށް ޝައުޤުވެރިވާ ބައަކު ތިބޭ ކަމަށާއި "ސަމާލުކަން ލިބޭ" ކުދިންނާއި ގުޅުން އުފައްދައި ކުދިން މަގުފުރައްދައި ކުދިންގެ ނާޖާއިޒު ފައިދާ ނަގާ ކަމަށެވެ. އެހެންކަމުން މިއީ ބެލެނިވެރިން ސަމާލުވާންޖެހޭ ކަމެއް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން