ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދޭ ކެއާ ސޮސައިޓީގެ 20 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.
މި ރަސްމިއްޔާތުގައި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި އަހަރީ ދުވަހުގެ ހާއްސަ ކޭކް ފަޅުއްވައިދެއްވީ ވެސް ފައިސަލް ނަސީމް އެވެ.
ފައިސަލް ނަސީމް ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވާފައެވެ.