އުމްރާގެ އަޅުކަމަށް ފަހު އިންތިޙާބީ ރައީސް ޞާލިޙް ރާއްޖެ ވަޑައިގެންފި!

ކިޔުމަށް ހޭދަވާނީ 46ސ
އުމްރާގެ އަޅުކަމަށް ފަހު އިންތިޙާބީ ރައީސް ޞާލިޙް ރާއްޖެ ވަޑައިގެންފި!

އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އުމްރާގެ އަޅުކަން ފުރިހަމަ ކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައި އެނބުރި މާލެ ވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސް ޞާލިޙް އުމްރާގެ އަޅުކަމަށް ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލު ކުރެއްވިއެވެ. އަދި ޝާހީ ޖާފަތެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ.

ޞާލިޙްގެ މިދަތުރުފުޅުގައި ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ އިސްބަޔެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް ޝައިޚް އަލީ ޒާހިރުގެ އިތުރުން ކުރީގެ ރައީސް މައުމޫނުގެ ޓީމުގައި ހިމެނޭ ބޭފުޅުންނާއި އެމްޑީޕީގެ ބަޔެއް އިސްބޭފުޅުންވެސް ހިމެނެއެވެ. އަދި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާވެސް މި ދަތުރުފުލުގައި ބައިވެރިވެވަޑައިގަތެވެ.

މިއީ ހުވާކުރެއްވުމުގެ ކުރިން ރައީސަކު އުމްރާގެ އަޅުކަން އަދާކުރެއްވި ފުރަތަމަ ފަހަރެވެ.

މިއަދު އޮންލައިން