ސައްބާޙް ބިނާކުރި "ސުވަރުގެ" ފަދައިން ރައީސް ޔާމީނު އާރަށުގައި ބިނާކުރުވި ގަނޑުވަރުގެ ފޮޓޯތައް މަޚްލޫފް ޢާންމުކުރައްވައިފިއެވެ.

މަޚްލޫފް ވިދާޅުވެފައިވަނީ ޓްވީޓުގައި ވަނީ "ވަށައިގެން ސިފައިންނާއި ފުލުހުން އަތުރައިގެން އަދި ކޯޓުތަކުން ޙަރާމް ޙުކުމްތައް ކުރުވައިގެން ފަދަ ބާރުން މުޅި އުމުރުގަ ވެރިކަން ކުރެވޭނެ ކަމަށް ޔަޤީންކޮށްގެން އާރަށުގައި ޔާމީން އަޅާފައިވާ ގަނޑުވަރު." ކަމަށެވެ.
މިގަނޑުވަރު އެޅުމުގެ މަސައްކަތް ކުރުވާފައިވަނީ ސިފައިން ލައްވައެވެ. މަސައްކަތް ނިމުނު ކަމަށްވަނީ މިއަހަރު އެވެ.
