ހއ. މޮޅަދޫ ގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން، އެރަށު ކައުންސިލް އިދާރާގައި މަސައްކަތު މީހަކަށް އުޅޭ މީހަކު ހައްޔަރު ކޮށްފިއެވެ.
މޮޅަދޫ ކައުންސިލުން ބުނި ގޮތުގައި، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މިތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 46 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވަނީ އުމުރުން 10 އަހަރާއި 13 އަހަރުގެ ކުޑަ ދެ އަންހެން ކުއްޖަކަށެވެ.
ހައްޔަރު ކުރެވުނު އެމީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާއިރު، އެމީހާ ޖިންސީ ގޯނާ ކުރި ކަަމަށް ތުހުމަތު ކުރެވޭ އެއްކުއްޖަކީ އޭނާގެ އަންހެނުންނާއި އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެކެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.