ރައްޔިތުން ވެރިކަން ހަވާލު ކުރަނީ ކޯލިޝަނާއި ގުޅީގެން ވެރިކަން ކުރަން ކަމަށާއި އިންތިހާބު ވުމުން އެރައްޔިތުން ހަވާލުކުރި އަމާނާތް މަތިން ހަނދާން ނައްތާލެވެން ނެތް ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނު އަސާސީ އިސްލާހުކުރި ފަހުން ބޭއްވި ކޮންމެ އިންތިހާބެއްގައި ރައްޔިތުންގެ ވޯޓު ކާމިޔާބު ކުރަނީ ކޯލިޝަން ސަރުކާރުން ކަމަށާއި އިންތިހާބުވުމުން ރައްޔިތުން މިހަވާލުކުރާ އަމާނާތް ހަވާލުކުރަނީ ގުޅިގެން ވެރިކަން ހިންގަންކަން ހަނދާން ނައްތާލެވެން ނެތް ކަމަށެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި މާރިޔާ ވިދާޅުވެފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޮލިޝަނުން ވެރިކަން ކުރަމުން އަންނަ ކަމަށާއި ކޯލިޝަން ރޫޅޭ ހިސާބުން ސަރުކާރު ހިންގަން ދަތިތަކެއް ކުރިމަތިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.