ރައްޔިތުންގެ މަޖިލީހުގައި މަކުނުދޫ ދާއިރާ މިހާރުވެސް ތަމްސީލުކުރައްވަމުން ގެންދަވާ އަނާރާ ނަޢީމް ކުރިއަށް އޮތް ދައުރަށްވެސް އެދާއިރާއަށް ކުރިމަތިލައްވަން ނިންމަވައި އެކަން އިއުލާނު ކުރައްވައިފިއެވެ.
އަނާރާ ވެވަޑައިގެންފައިވަނީ މިދައުރުގައި މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރެއްވި ހަމައެކަނި މެންބަރަށެވެ. އަދި މަޖިލީހުގައި ތިއްބެވި މަދު އަންހެން ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. ހަމަ އެއާއިއެކު މަޖިލީޖުގައި ތިއްބެވި މަދު ދީނީޢިލްމުވެރިންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.
بسم الله الرحمن الرحيم
— Anara Naeem (@AnaraNaeem) November 11, 2018
2019 vana aharu Rayyithunge Majlis
Makunudhoo dhaaira ge gondiah kurimathilaan nimmaifeemeve.
" وما توفيقى إلا بالله عليه توكلت وإليه انيب "