ދެފުށް ފެންނަ، ރީތި އިސްލާމީ، ޑިމޮކްރެޓިކް، ހެޔޮވެރިކަމެއް ކުރަންޖެހޭ: ޝައިޚް އިމްރާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ދެފުށް ފެންނަ، ރީތި އިސްލާމީ، ޑިމޮކްރެޓިކް، ހެޔޮވެރިކަމެއް ކުރަންޖެހޭ: ޝައިޚް އިމްރާން

ދެފުށްފެންނަ، ރީތި އިސްލާމީ، ޑިމޮކްރެޓިކް، ހެޔޮވެރިކަމެއް ކުރަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ 50 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓުގައެވެ.

 

ޝައިޚް އިމްރާން ވިދާޅުވީ ވެރިކަމުގެ ނިޒާމު ޚަރާބުކޮށް، ރައްޔިތުންގެ ވެރިކަން ގަޑުބަޑުކޮށްފައި އޮތްއޮތުން ނިމުމަކަށްގެނެސް އަލުން ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމަކީ އަލަށް އުފެދޭ ސަރުކާރުގެ އެންމެ މުހިންމު އަމާޒުކަމުގައި ހަދަންޖެހޭ ކަމަށެވެ.

 

ޝައިޚް އިމްރާން ކުރެއްވި ޓްވީޓް:

ވެރިކަމުގެ ނިޒާމު ޚަރާބުކޮށް، ރައްޔިތުންގެ ވެރިކަން ގަޑުބަޑުކޮށްފައި އޮތްއޮތުން ނިމުމަކަށްގެނެސް އަލުން ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމަކީ އަލަށް އުފެދޭ ސަރުކާރުގެ އެންމެ މުހިންމު އަމާޒުކަމުގައި ހަދަންޖެހޭ. ދެފުށްފެންނަ، ރީތި އިސްލާމީ، ޑިމޮކްރެޓިކް، ހެޔޮވެރިކަމެއް ކުރަންޖެހޭ. pic.twitter.com/k3rQ2qcGah

— Imran Abdulla (@ShimranAb) November 11, 2018

މިއަދު އޮންލައިން