ޖޭޕީން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމަށާއި ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޖޭޕީން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމަށާއި ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް: ޤާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމަށާއި ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމަށާއި ރައްޔިތުންނަށް އުފާވެރި، ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ކުރިއަށް އޮތް ފަސް އަހަރު، ރާއްޖޭގެ ކުރިއަށް އޮތް މުސްތަޤްބަލް ޢާރާސްތުކުރުމަށްޓަކައި ކަމަށެވެ. "އެ މަސައްކަތް އަޅުގަނޑުމެން ކުރަނީ ދިވެހި ރައްޔިތުންނަށްޓަކައި. އަޅުގަނޑުމެން އެއްވެސް މީހެއްގެ އަމިއްލަ ޖީބު ބޮޑުކުރާކަށް ނޫން އަޅުގަނޑުމެން މިއުޅެނީ. ބައެއް ބޭފުޅުންނަށް އެގޮތަށް ހީފުޅުވެގެން އުޅުއްވައިފާނެކަން ވެސް ނޭނެގެ. ނަމަވެސް އެއީ މައްސަލައެއް ނޫން."

 

ޤާސިމް އިބްރާހީމް ވިދާޅުވީ ރަނގަޅުގޮތުގައި ޤައުމަށް ކުރިއަށް ދެވޭނެ މަގު ކޮށައި ރާސްތާ ސާފުކުރުމަކީ އެމީހަކަށް ކުރެވެން އޮތް ވަރަކުން ކޮންމެ ދިވެހި ރައްޔިތަކުވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހި ޤައުމަށް އިތުރު ކުރިއެރުމާއި ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށް ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

 

ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ޤައުމަށާއި ރައްޔިތުންނަށް ކުރިއެރުން ހޯއަދަވައި ދެއްވުމަށް އަމިއްލަފުޅަށް އެންމެ ބޮޑު ޤްރްބާނީއެއް މިހައިތަނަށް ވެވަޑައިގެންފައިވާ ދިވެހި ދަރިއަކީ ޤާސިމް އިބްރާހީމްކަން އެއީ އެމަނިކުފާނާއި ފިކުރު ތަފާތު މީހުންނަށްވެސް ޤަބޫލުކުރަން ޖެހޭނެ ހަޤީޤަތެކެވެ. 

 

ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން