މިއަރު ބާނައި އުރަހަތައް ކެނޑުމަށްފަހު މިއަރު ކަނޑަށް ދޫކޮށްލިނަމަވެސް ވަނީ މަރެވެ. އުރަހަތައް ކަނޑައިލުމުން މިއަރަށް ކުރިއަކަށް ނުދެވެއެވެ. ނަތީޖާއެއްގެ ގޮތުން މިއަރު ވެށްޓެނީ ކަނޑުގެ އަޑިއަށެވެ. މަރުވަނީ ކުރިއަށް ނުދެވިގެން ފުރޮޅިފުރޮޅި އޮއްވައެވެ. ދުނިޔެއިން މިއަހަރު ހުސްވަމުންދާތީ މިއަރު ހިފުމާއި ބޭނުން ގިނަ ޤައުމުތަކުގައި މިހާރުވަނީ މަނާކޮށްފައެވެ.
އެހެންކަމާއިއެކުވެސް މިއަރު އުރަހަށް ބޮޑު އަގެއް ލިބޭތީ މިއަރު ބާނައި އުރަހަ ކެނޑުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ. ރާއްޖެއަކީވެސް މިއަރުގެ މަސްވެރިކަން ކުރުން މަނާކޮށްފައިވާ ޤައުމެކެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ ކަނޑުތަކުގައި މިއަރު ދަނީ އިތުރުވަމުންނެވެ.