އަބުރުގެ ޤާނޫނު ރައްޔިތުން ބަލައެއް ނުގަތް- މިހާރުން މިހާރަށް އުވާލަންޖެހޭ: ޝާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އަބުރުގެ ޤާނޫނު ރައްޔިތުން ބަލައެއް ނުގަތް- މިހާރުން މިހާރަށް އުވާލަންޖެހޭ: ޝާހިދު

އަބުރު ރައްކައުތެރިކަމުގެ ނަމުގައި ރައީސް ޔާމީނުގެ ސަރުކާރުން ފާސްކުރި ޤާނޫނު ރައްޔިތުން ބަލައި ނުގަތް ކަމަށާއި މިހާރުން މިހާރަށް އެޤާނޫނު އުވާލަންޖެހޭ ކަމަށް ބިލް ހުށަހެޅުއްވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ޝާހިދު ވިދާޅުވީ މީޑިއާތަކަށް ބިރު ދައްކައި މީޑިއާތައް ޗޭނު ޖަހައި ކަސްތޮޅު އަޅުވައިގެން އެއްވެސް ކަމެއް އިޞްލާޙް ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނު މިހާރު ހުށަހަޅުއްވާފައިވާ ބިލް ފާސްވި ނަމަވެސް އުވިގެންދާނީ ރައީސް ޔާމީނުގެ ސަރުކާރުން އިތުރުކުރި ޖިނާޢީ ބައި ކަމަށާއި މަދަނީ ބައި ދެމި އޮންނާނެ ކަމަށާއި ބަދަލު ނަގައިދޭނެ ކަމަށެވެ. ޝާހިދު ވިދާޅުވީ ރާއްޖޭގެ ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖުރުމަނާކުރަމުން ގެންދާތީ މީޑިއާތަކަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި ކަމަށެވެ.

އެޙާލަތުން މިނިވަންކުރަން ޖެހޭ ކަމަށެވެ. އަދި މިބިލަކީ މީޑިއާތައް، ނޫސްވެރިކަން އަޅުވެތިކޮށް ޗޭނުޖަހައި ހިފަހައްޓަން ފާސްކޮށްފައިވާ ބިލެއް ކަމަށެވެ. ޝާހިދު ވިދާޅުވީ މީޑިއާތައް ބިރުވެރިކަމުން ސަލާމަތްކޮށް މިނިވަންކުރަންޖެހޭކަމަށާއި މިބިލް އުވައިލައްވާނެކަމަށް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފައި ކަމަށެވެ.

މިއަދު އޮންލައިން