ޝަރީޢަތް ނުކޮށް މިލިއަނުން ބޮޑެތި ޖުރުމަނާތައް ކުރި އަބުރުގެ ޤާނޫނު އުވާލަން ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޝަރީޢަތް ނުކޮށް މިލިއަނުން ބޮޑެތި ޖުރުމަނާތައް ކުރި އަބުރުގެ ޤާނޫނު އުވާލަން ފާސްކޮށްފި

އެއްވެސް ޝަރީއަތެއް ކުރުމަކާއި ނުލައި ސަރުކާރުން ބޭނުންވާ ފަރާތްތައް މިލިއަން މިލިއަން މިލިއަނުން ޖުރުމަނާކުރަން ރައީސް ޔާމީނުގެ ސަރުކާރުން ބޭނުންކުރި އަބުރުގެ ޤާނޫނު އުވާލަން ފާސްކޮށްފިއެވެ. ބިލް އުވާލަން ވޯޓު ދެއްވީ 48 މެންބަރުންނެވެ.

ނުފެންނަކަމަށް ވޯޓު ދެއްވީ 17 މެންބަރުންނެވެ. ވަކި ގޮތަކަށް ފެނިވަޑައި ނުގަންނަވާކަމަށް ވޯޓު ދެއްވީ 2 މެންބަރުންނެވެ. މަޖިލީހުގެ މިއަދުގެ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ 1، މިލިއަން، 2 މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ އާއި ވީޓީވީ ޖުރުމަނާކޮށްފައިވާއިރު އިދިކޮޅު ލީޑަރުންގެ އަބުރަށް އަރައިގަނެ ޕްރޮގްރާމްތައް ފޮނުވި ނަމަވެސް އެފަދަ އެއްވެސް ޗެނެލް 13 ޖުރުމަނާކޮށްފައި ނުވުމުން މިއީ ރައީސް ޔާމީނުގެ ސަރުކާރުން ކުރަމުން ގެންދިއަ ވައްކަންތަކުގެ ވާހަކަތައް ހާމަކުރާ މީޑިއާތަކަށް ބިރު ދައްކައި ނެތިކޮށްލަން ފާސްކޮށްގެން އަމަލުކުރި ޤާނޫނެއް ކަމަށެވެ.

މިއަދު އޮންލައިން