ރިޒާގެ އިތުބާރު ނެތްކަމަށް ފާސްކޮށް ޖޭއެސްސީގެ މެންބަރުކަމުން ވަކިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ރިޒާގެ އިތުބާރު ނެތްކަމަށް ފާސްކޮށް ޖޭއެސްސީގެ މެންބަރުކަމުން ވަކިކޮށްފި

ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅައިފައިވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ މައްޗަސް އިތުބާރުނެތްކަމަށް މަޖިލީހުން ކަނޑައަޅައި ޖޭއެސްސީގެ މެންބަރުކަމުން ވަކިކޮށްފިއެވެ. ރިޒާ ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 42 މެންބަރުންނެވެ.

ނުފެންނަ ކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ. 1 މެނަބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ. މަޖިލީހުގައި ބައެއް މެންބަރުން މިއަދު ވިދާޅުވީ ޤާނޫނު އަސާސީއާއި ޚިލާފަށް ހިންގާފައިވާ ކަންކަން ހުއްޓުވަން ރިޒާ އެއްވެސް ވަރަކަށް މަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ރިޒާ ވަނީ އެއްބާރުލުން ދެއްވާފައި ކަމަށެވެ.

މިއަދު އޮންލައިން