ފުލުހަކަށް ހަމަލާދީގެން ހައްޔަރު ކުރި އިބާދު، ހައިކޯޓުން މިނިވަން ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ފުލުހަކަށް ހަމަލާދީގެން ހައްޔަރު ކުރި އިބާދު، ހައިކޯޓުން މިނިވަން ކޮށްފި

މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިންކަން ސާބިތުބެ، ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ސ. ހޮޅުދޫ އޮސްޓްރޭލިއާ، އިބްރާހިމް އިބާދު، މިއަދު ހައިކޯޓުން މިނިވަން ކޮށްފިއެވެ.

މިމައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އިބާދުގެ މައްޗަށް އުފުލި ދައުވާ އާއި ކްރިމިނަލް ކޯޓުގެ ހުކުމް ވެސް ރަނގަޅު ނޫން ކަމަށެވެ. އަދި ސަބަބެއް ކަމަށް ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ "ނުރައްކާތެރި" ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދަށުން ދައުވާ ކޮށްފައިނުވާތީއެވެ.

މީހަކަށް ނުރައްކާތެރު ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާއެއް ދީފިނަމަ އެކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ

އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިޒާމްކޮށްގެން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި އިބާދު ފުލުހަކަށް ހަމަލާދިން ކަމަށް ސާބިތުވާކަމަށް ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

ޕީޖީން އެއިރު އިބާދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހަތިޔާެރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައެވެ.

މިއަދު އޮންލައިން