މަހްލޫފް އެމްޑީޕީއަށް ސޮއިކޮށްފި ‍- އެމްޑީޕީގެ މީހަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: މަހްލޫފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މަހްލޫފް އެމްޑީޕީއަށް ސޮއިކޮށްފި ‍-  އެމްޑީޕީގެ މީހަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: މަހްލޫފް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް، އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

 

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު މަހްލޫފް ވަނީ އޭނާގެ ފޯމު، އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ހަވާލު ކުރައްވައިފަ އެވެ.

 

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު، ކުރެއްވި ޓުވީޓެއްގައި މަހްލޫފް ވިދާޅުވީ އޭނާ އަކީ މިހާރު ރަސްމީކޮށް "ކުލަ ޔެލޯ" މީހެއްކަމަށާއި އިބޫ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގާތުން މަސައްކަތް ކުރެއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ މީހަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ވެސް މަހްލޫފް ބުނެފައި ވެއެވެ.

 

އިބޫ އާއި މެންބަޝިޕް ފޯމު ހަވާލުކުރާ ފޮޓޯ މަހްލޫފް މިރޭ ވަނީ ޓްވީޓްކުރައްވާފައެވެ.

މިއަދު އޮންލައިން