އަންނަ އަހަރުގެ ބަޖެޓު ދައުލަތުން ހުށަހެޅީ 29 ބިލިއަން ރުފިޔާއަށް ނަމަވެސް ދަރަނި އަދާކުރުމަށްފަހު ބޭނުންކުރަން ލިބެނީ 23 ބިލިއަން ރުފިޔާވަރު ކަން މެންބަރުން ފާހަގަކޮށްފިއެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓަށް ބަލާއިރު ބޭރުގެ ދަރަނި އަދާކުރަން 4 ބިލިއަން ރުފިޔާ އަދާކުރަންޖެހެއެވެ. ނުދައްކާހުރި ބިލްތައް ދައްކަން ބޭނުންވާނެ ވަރު ފާހަގަކޮށްފައެއް ނުވެއެވެ. ނަމަވެސް މިދިއ އަހަރު 1.2 ބިލިއަން ރުފިޔާގެ ދަރަނި ބިލްތައް އަދާކުރަން ޖެހިފައިވާއިރު މިއަހަރު އެ އަދަދު އިތުރުވާނެ ކަމަށް މެންބަރުން ލަފާ ކުރެއެވެ.
ދައުލަތުގެ ދަރަނިތައް މިހައިވަރަށް ބޮޑުވެފައިވުމުން ރައްޔިތުންނަށްޓަކައި ހިންގަން ޖެހޭ ޕީއައިއެސްޕީ ޕްރޮގްރާމްތަކަށް ޚަރަދުކުރުމުގައި ދަތިތައް ކުރިމަތިވާނެކަން މެންބަރުން މިއަދު ވަނީ ފާހަގަކޮށްފައެވެ.