އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމުގެ ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން އެ ޤާނޫން އުވިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރަކު އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ މާރިޗު މަހު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލަން މަޖިލީހުން އޮކްޓޫބަރުމަހު ފާސްކުރީ އެ ގާނޫނު އުވާލުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަޖިލީހަށް ހުށަހެޅުއްވުމުންނެވެ.
މި ޤާނޫން އުވާލުމަށް ތާއީދުކުރެއްވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މި ޤާނޫނަކީ މުހިންމު ޤާނޫނެއް ނަމަވެސް، ގިނަ އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ޤާނޫނެއް ކަމަށެވެ. އަދި ޤާނޫނު އެކުލަވާލެވެފައި ވަނީ ވަކި ބަޔަކަށް މަންފާ ކުޜާނެ ގޮތަކަށެވެ.
ރައިސް ޔާމިން މި ޤާނޫން ތަސްދީގުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.