އަންނަ ޑިސެމްބަރުމަހު ފުރަތަމަ ދުވަހު އައްޑޫ ސިޓީ، ގަމުން އިންޑިއާގެ ޓްރިވެންޑަރަމަށް ޚާއްސަ ފުލައިޓެއް ބާއްވަން މޯލްޑިވިއަނުން ނިންމަވައިފިއެވެ
މި ދަތުރުކުރާނީ އެއާބަސް އޭ ތްރީޓޫޒީރޯގެ ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ. ކޮންމެ ބޮޑު ޗުއްޓީއަކާ ދިމާކޮށް، ޑިމާންޑު މަތިވަމުން ދާތީ ކޮންމެ ޗުއްތިއަކުވެސް މީގެ އެއް ފުލައިޓު އެ އެއާލައިނުން ބާއްވައެވެ. އަދި މި ފްލްއިޓުގެ ހާއްސަ ކަމަކީ ޓިކެޓުގެ އަގު ބޮޑުތަން ހެޔޮ ވުމެވެ.
މިދަތުރުގައި މީހެއްގެ އަތުން ކޮޅަކަށް ނެގުމަށް ހަމަޖެހިފައިވަނީ 99 ޑޮލަރެވެ. މީގެ އިތުރަށް އެދުވަހު ގަމުން ޓްރިވެންޑްރަމަށް އަދި ޓްރިވެންޑްރަމުން މާލެއަށް ވެސް ފެއާއެއް ވަނީ ހަމަޖައްސަވައިފައެވެ. އެފެއާގެ އަގަކީ 250 ޑޮލަރެވެ.
މޯލްޑިވިއަން އިން ބުނާ ގޮތުގައި ފެއާގެ ދަށުން އައްޑޫ – ގަމުން ޓްރެވިންޑްރަމްއަށް އޮންނާނީ އެންމެ ދަތުރެކެވެ.