ސިނަމާލެ ބްރިޖް ބޭނުންކުރާ މީހުންގެ އަތުން ފީ ނެގުމުގެ ނިޒާމް ގާއިމް ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޖެޓުގައި، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ބަޖެޓުގެ ތެރޭގައި ވަނީ ސިނަމާލެ ބްރިޖުގައި ޓޮލް ކަލެކްޝަން ސިސްޓަމެއް ހަރުކުރަން ހިމަނައިފައިކަމަށެވެ.
މިހާރު ބްރިޖް ބޭނުންކުރާ މީހުންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވިދާޅުވީ ފީއެއް ނުނަގައި، ބްރިޖުގެ ދަތުރުތައް ކުރިއަށް ގެންދިއުމަކީ އެންމެ އެދެވޭގޮތް ކަމަށް ނުވާތީ، ފީ ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރަށް ދޫކޮށްލާފައިވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.