އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 19 މިނިސްޓްރީ ޢާއި ދައުލަތުގެ ބަންޑާރަ ނައިބްގެ އޮފީސް ހުންނާނެ ކަމަށާއި މި ބަދަލު ގެނައި ނަމަވެސް ސިޔާސީ މަޤާމުތައް 16 % މަދުވާނެ ކަމަށް އިންތިޚާބީ ރައީސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި 700 އަށްވުރެ ގިނަ ސިޔާސީ މަޤާމު އެބަހުރި ކަމަށާއި މިއަދަދު 600 އަށް މަދުކުރާނެ ކަމަށެވެ. މީގެ އިތުރުން ކޮންޓްރެކްޓް އުޞޫލުން ގިނަ ބައަކު ނަގައިގެން ރައީސް ޔާމީނުގެ ސަރުކާރުން ބޮޑެތި ހޭފަތަކެއް ކުރަމުން ގެންދާ ކަމަށާއި އެގޮތަށް މަސައްކަތް ކުރާ މީހުންގެ އަދަދު އަދި އެނގިފައި ވެސް ނެތް ކަމަށެވެ.
މާރިޔާ ވިދާޅުވީ ރައީސް ޔަމީނުގެ ސަރުކާރުގައި މަސައްކަތްކޮށްފައިވަނީ އެއް މިނިސްޓްރީއެއްގެ ދަށަށް ގިނަ މަސައްކަތްތަކެއްގޮގެން ކަމަށާއި އެހެންކްމުން 5 ވުޒާރާ އިތުރުކުރުމަށްފަހު މަސައްކަތްތައް ބަހައިލުމުން ޚަރަދު ވާނީ ކުޑަ ކަމަށެވެ.
މިސަރުކާރުން މަދުކުރަނީ 100 ނައިބުން ކަމަށް ބެލި ނަމަވެސް އެ 100 މީހުންގެ މުސާރައަކީ 60 ވަރަކަށް ވަޒީރުންގެ މުސާރަ ކަމަށް ބެލެވެއެވެ.