ކުރީގެ އުއްތަމަ ފަނޑިޔާރާ، ޢަލީ ޙަމީދު އަދިވެސް ޖަލުގަ - ޢާއިލާއިން ޞުލްހަވެރި އިޙްތިޖާޖަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ކުރީގެ އުއްތަމަ ފަނޑިޔާރާ، ޢަލީ ޙަމީދު އަދިވެސް ޖަލުގަ - ޢާއިލާއިން ޞުލްހަވެރި އިޙްތިޖާޖަށް!

ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ފަނޑިޔާރު ޢަލީ ޙަމީދު އަދިވެސް ތިއްބެވީ ޖަލުގައިކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަން ޢާއިލާއިން މިއަދު މަސައްކަތްކޮށްފިއެވެ.

 

އެކަން ބަޔާންކުރާ ލިޔުމެއް ހިފައިގެން ޢާއިލާގެ މީހަކު މަޖިލިސް ސަރަހައްދުގައި އިށީނދެލައިގެން އެކަނިމާއެކަނި މިއަދު އިން ފޮޓޯއެއް މިއަދުނޫހުގެ ފޮޓޯޖަރނަލިސްޓް ވަނީ ނަގައިފައެވެ. 

 

ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު ޙުކުމާއި ގުޅުވައިގެން ރައީސް ޔާމީނު އިސްވެހުންނަވައި މައްސަލަތަކެއް އުފައްދުވައި އެއިން މައްސަލައެއްގައި ޙުކުމް އިއްވުމުން 2 ފަނޑިޔާރުންނަށް ވަނީ ޖަލު ޙުކުމް ތަންފީޒުކުރައްވަން ޖެހިވަޑައިގެންފައެވެ.

 

ރައީސް ޔާމީނަށް 2013 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަތުމުގައި 2 ފަނޑިޔާރުން މުހިންމު ދައުރެއް އަދާކުރެއްވިކަން ހާމަވާ ބަޔާންތަކެއްވެސް ވަނީ ޢާންމުވެފައެވެ.

މިއަދު އޮންލައިން