ކޮނެމެ މީހަކީވެސް ޙައްޤު ގޮތުގަ ކުރިއަށް ދާން މަސައްކަތް ކުރާ މީހަކަށް ވާންޖެހޭނެ - ޖޭޕީގަ އަޅުގަނޑަށް ގޮންޖެހުމުގެ ފުރުޞަތުވެސް އޮންނާނެ: ޤާސިމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ކޮނެމެ މީހަކީވެސް ޙައްޤު ގޮތުގަ ކުރިއަށް ދާން މަސައްކަތް ކުރާ މީހަކަށް ވާންޖެހޭނެ - ޖޭޕީގަ އަޅުގަނޑަށް ގޮންޖެހުމުގެ ފުރުޞަތުވެސް އޮންނާނެ: ޤާސިމް

ސިޔާސީ ގޮތުން މަސައްކަތްކުރާ މީހުންނަކީވެސް ޙައްޤު ގޮތުގައި ކުރިއަށް ދާން މަސައްކަތް ކުރާ ބައަކަށް ވާންޖެހޭނެ ކަމަށާއި ޖުމްހޫރީ ޕާޓީގެ ކޮންމެ މެނަބަރަކަށް ވެސް އެމަނިކުފާނަށްވެސް ގޮން ޖެހުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނެ ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ޤާސިމް އިބްރާހީމް މިއަދު ވިދާޅުވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި މީސްތަކުންގެ ލޯތްބާއި މަތިވެރި ދަރަޖަ ބޭނުން ނުވާ މީހަކު ނުހުންނާނެ ކަމަށެވެ. ބުއަދި ސަލާމަތުން ހުރި ކޮންމެ މީހަކުވެސް އެކަންކަމަށް އެދިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކަންކަމަށް ކުރިމަތިލައިގެން މިއަދު ނުކުމެ ތިބި ޒުވާނުންނަށް ފުރުޞަތު ލިބޭނީ ވެސް އެގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

 

ޤާސިމް އިބްރާހީމް ވަނީ ކޮންމެ މީހަކީވެސް އެމީހެއްގެ ޚިޔާލާއި ފިކުރާއި އެއްގޮތަށް ކުރިއަށް ދާން ގަދައަޅައި މަސައްކަތްކުރާ މީހަކަށް ވުމަށްވެސް އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން