ދެ ފުލުހަކު ވޯލްޑް ޕޮލިސް ސަރވިސް ޕިސްޓޮލް ޝޫޓިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޗައިނާއަށް

ކިޔުމަށް ހޭދަވާނީ 59ސ
ދެ ފުލުހަކު ވޯލްޑް ޕޮލިސް ސަރވިސް ޕިސްޓޮލް ޝޫޓިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޗައިނާއަށް

ވޯލްޑް ޕޮލިސް ސަރވިސް ޕިސްޓޮލް ޝޫޓިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ދެ ފުލުހަކު ޗައިނާއަށް ފުރައިފިއެވެ.

ޗައިނާގެ ގުއަންގްޑޮންގ ޕްރޮވިންޝިއަލް ޕަބްލިކް ސެކިއުރިޓީ ޑިޕާރޓްމަންޓުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯލްޑް ޕޮލިސް ސަރވިސް ޕިސްޓޮލް ޝޫޓިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޗައިނާއަށް ގޮސްފައިވަނީ ޕޮލިސް ސްޓާރފް ސަރޖަންޓް ނިޝާދު ޢަލީ އާއި ޕޮލިސް ސަރޖަންޓް ޢާއިޝަތު ނާޒްނީން މުހައްމަދުއެވެ.

ނޮވެމްބަރ 12ން 20ށް ކުރިއަށްދާ މިޗެމްޕިއަންޝިޕްގައި، ފިޒިކަލް ފިޓްނަސްގެ އިތުރުން ގަން ކޮމްބެޓްގެ ދާއިރާއިން އިތުރަށް ތަމްރީނު ވެގެންދާނެއެވެ.

 ވޯލްޑް ޕޮލިސް ސަރވިސް ޕިސްޓޮލް ޝޫޓިންގ ޗެމްޕިއަންޝިޕް އަކީ އިންޓަރނޭޝަނަލް ޕޮލިސް ސްޕޯރޓްސް ޔޫނިއަންގެ ފަރާތުން ބާއްވަމުން އަންނަ މުބާރާތެކެވެ.

އެގޮތުން ވޯލްޑް ޕޮލިސް ސަރވިސް ޕިސްޓޮލް ޝޫޓިންގ ޗެމްޕިއަންޝިޕް ގެ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރު ހަންގޭރީގައެވެ. ހަންގޭރީގައި ބޭއްވި ފުރަތަމަ މުބާރާތުގައި 16 ޤައުމަކުން 140 ފުލުހުން ބައިވެރިވެފައިވެއެވެ.

ޙަބަރު ޕޮލިސް 

މިއަދު އޮންލައިން