ވައްކަމާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 46ސ
ވައްކަމާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަން ފުލުހުން މަސައްކަތް ކުރަން ފަށައިފި

މިމައްސަލަތަކާ ގުޅިގެން ހޯދަނީ ހދ. ހަނިމާދޫ، ރަންވިލާގެ، ޢަލީ ރަޝީދު (46އ) އާއި ސ.ފޭދޫ،އުޖާލާ، މުޙައްމަދު އިމާދު އަޙްމަދު (24އ) އާއި ޏ.ފުވައްމުލައް/ދިގުވާނޑް،ހޮލިޑޭ، ޢަބްދުﷲ ޙުމެއިދު (25އ) އެވެ.

މިތިން މީހުންގެ ތެރެއިން ޢަލީ ރަޝީދު އާއި ޢަބްދުﷲ ޙުމެއިދު ހޯދަމުންދަނީ ވައްކަމުގެ ދެ މައްސަލައަކާ ގުޅިގެންނެވެ. އަދި މުޙައްމަދު އިމާދު އަޙްމަދު ހޯދަނީ ފޭރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

 މިތިން މީހުންނާބެހޭ އެއްވެސް މަޢުލޫމާތު ލިބިއްޖެނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ ހިއްސާކުރުމަށް އެދެއެވެ. 

މިއަދު އޮންލައިން