ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ލ. އަތޮޅުގައި ފާހަގަކުރުމަށް އެންމެފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ލ. އަތޮޅުގައި ފާހަގަކުރުމަށް އެންމެފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ލ. އަތޮޅުގައި ފާހަގަކުރުމަށް އެންމެފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ހަރަކާތްތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޖެންޑަރ މިނިސްޓްރީއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި،  ލ.އަތޮޅު ކައުންސިލް އިދާރާގެ އިތުރުން ފޮނަދުއާއި ގަމުގައި ހުރި ސަރުކާރުގެ މުވައްސަސާ ތަކާއި އަމިއްލަ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއިއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކެކެވެ.

ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ގެ ހަރަކާތްތައް ނޮވެމްބަރ 20ން ނޮވެމްބަރ 23ށް ލ. ގަމުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން “ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ކަލަރ ރަން”ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ގަން ތުނޑި އަވަށުގެ ފުޓުބޯޅަ ދަނޑުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އަދި މީގެއިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބިލްބޯޑް ލޯންޗްކުރުމުގެ ޚާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަވެއެވެ.

 

މިއަދު އޮންލައިން