އެކިއެކި ކަންކަމާއި ގުޅިގެން ބާއްވާ ރަސްމިއްޔާތުތަކުގެ ޚަރަދު ވީހައި ކުޑަކުރުމަށް ސަރުކާރުގެ އިސް މަޤާމުތަކެއްގައި ޚިދުމަތް ކުރައްވާފައިވާ މުޙައްމަދު މުޢިއްޒު ޢަދްނާން އިލްތިމާސް ކުރައްވައިފި އެވެ.
މުޢިއްޒު ވިދާޅުވީ "އެންމެ ބަރަކާތް ލެއްވެވިގެންވާ ކައިވެނީގެ ހަފްލާއަކީ އެންމެ ކުޑަ ޚަރަދެއްކޮށްގެން ބާއްވާ ކައިވެނީގެ ހަފްލާ" ކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އެބައޮތަ ކަމަށެވެ. އެހެންކަމުން މި ޙަދީޘްފުޅަކީ އެހެން ރަސްމިއްޔާތުތަކަށްވެސް އޮތް ޙަދީޘްފުޅެއް ކަމަށް ޤަބޫލުފުޅު ކުރައްވ ކަމަށެވެ.
މުޙައްމަދު މުޢިއްޒު ޢަދްނާން މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ ނައިބް ހުވާ ކުރައްވަން ބޮޑު ރަސްމިއްޔާތެއް ބާއްވަން ތައްޔާރުވަމުންދާ ވަގުތެއްގައެވެ.
ރައީސް ޔާމުނުގެ ސަރުކާރުން ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް 45 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 3 މިލއަން ޑޮލަރު) ޚަރަދު ކުރުމުންވެސް ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.