އައްޑޫ ހޮސްޕިޓަލްގެ މަސައްކަތް ނިމުން: ފަރިއްކޮޅަށް ތައްޔާރު، ހުރީ އުލާ ސަމުސަލާ ކާނެތަށި - ކާއެއްޗެއް ނެތް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
އައްޑޫ ހޮސްޕިޓަލްގެ މަސައްކަތް ނިމުން: ފަރިއްކޮޅަށް ތައްޔާރު، ހުރީ އުލާ ސަމުސަލާ ކާނެތަށި - ކާއެއްޗެއް ނެތް!

އައްޑޫ ހޮސްޕިޓަލުގެ މަސައްކަތްތައް ނިމުނުކަން ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވުމުން ގިނަ ބައަކު އެކަން ބޮޑު ޖޯކަކަށް ހަދައިފިއެވެ.

 

އެމީހުން ބުނަނީ ފަރިއްކޮޅަށް ތައްޔާރު ކަމަށާއި މިރޭގެ ފަރިއްކޮޅަށް ދައުވަތު އަރުވާ ކަމަށެވެ. ނަމަވެސް ހުރީ އުލާއި ސަމުސަލާއި ތަށި ފަދަ ތަކެތި ކަމަށެވެ. ކާނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

 

އައްޑޫގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އަޅައި ޚިދުމަތްދޭ ވާހަކަތައް ދައްކަމުން ގެންދާތާ އެތައް އަހަރެއް ފާއިތުވެގެން ދިއައީއެވެ. އެކަމަށް ބޭނުންވާ ލޯނު އައިޑީބީން ހަމަޖެހުނު ކަމުގެ ވާހަކަތައް ވެސް ފެތުރިއެވެ. އަދި އައްޑޫގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އަޅައި ޚިދުމަތް ދޭން ފެށުމަކީ ރައީސް ޔާމީނުގެ ވައުދެއްވެސް މެއެވެ.

 

އައްޑޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއްގެ ޚިދުމަތް އަދި މިހައި ތަނަށް ތަނަށް ލިބިފައެއް ނުވެއެވެ. އައްޑޫ ރައްޔިތުން އަދިވެސް ތިބީ އައްޑޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއްގެ ޚިދުމަތް ލިބުމުގެ އިންތިޒާރުގައެވެ.

މިއަދު އޮންލައިން