ބަޖެޓުގެ 25% ހޭދަވަނީ ވައްކަމާ ކޮރަޕްޝަނަށް- ހުއްޓުވަން ޖެހޭ: ޢަބްދުލްޣަފޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ބަޖެޓުގެ 25% ހޭދަވަނީ ވައްކަމާ ކޮރަޕްޝަނަށް- ހުއްޓުވަން ޖެހޭ: ޢަބްދުލްޣަފޫރު

ދައުލަތުން ފާސްކުރާ ބަޖެޓުގެ 25% ހޭދަވަނީ ވައްކަމާ ކޮރަޕްޝަނަށް ކަމަށާއި އެކަން ހުއްޓުވަން ޖެހޭކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ޢަބްދުލްޣަފޫރު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ ސަރުކާރުގެ ކުންފުނިތައް ވަނީ ބަނގުރޫޓުވެ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށާއި މިހާލަތު ކުރިމަތިވީ ވައްކަމާއި ކޮރަޕްޝަނުގެ ސަބަބުން ކަމަށެވެ.

ޢަބްދުލްޣަފޫރު ވިދާޅުވީ އަންނ އަހަރުގެ ބަޖެޓަށް ބަލައިފިނަމަ ދަރަނި އަދާކޮށްފައި ރައްޔިތުންގެ ތަރައްޤީއަށް ޚަރަދުކުރަން 2 ބިލިއަން ރުފިޔާވެސް ނުލިބޭނެ ކަމަށާއި އެހެންކަމުން ބަޖެޓުގެ ޚަރަދުތައް ކުރަންޖެހޭނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ.

ވައްކަމާއި ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ފުރުޞަތު ނުދީ މަސައްކަތްކޮށްގެން ކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުރިހަމަކުރެވި ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކަންކަން ފުރިހަމަ ވާނެ ކަމަށް ވެސް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

މިއަދު އޮންލައިން