މަސްތުވާތަކެއްޗާއިއެކު 18 އަހަރުން ދަށުގެ ކުއްޖަކު ވިލުފުށިން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
މަސްތުވާތަކެއްޗާއިއެކު 18 އަހަރުން ދަށުގެ ކުއްޖަކު ވިލުފުށިން ހައްޔަރުކޮށްފި

 ތ.ވިލުފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މާލެއިން ތ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުންދާ 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ވިލުފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، މިއަދު 09:35 ހާއިރު ހިންގި އޮޕަރޭޝަންގައި، ތ.ވިލުފުއްޓަށް މި ލޯންޗު އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް  މިކުއްޖާ ގެންނަން އުޅުމުގެ ތެރޭގައި މިކުއްޖާގެ ދަބަހުގައި އޮތް އެއްޗެއް މޫދަށް އެއްލައިލި އެއްޗެއް ނަގައި، ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް މިކުއްޖާ މޫދަށް އެއްލައިލި ސިނގިރެޓް ފޮއްޓެއްގެ ތެރެއިން ފެނިފައިވެއެވެ.

 މިމައްސަލަ ވިލުފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިއަދު އޮންލައިން