އެންމެ ފުރިހަމައަށް އެއްބާރުލުން ދިނީ ވެމްކޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އެންމެ ފުރިހަމައަށް އެއްބާރުލުން ދިނީ ވެމްކޯ!

ސަރުކާރުގެ ކުންފުނިތައް މިހާރު ހުރި ޙާލަތު ބެލުމަށް ޓްރާންސިޝަނަލް ކޮމިޓީން ކުރި މަސައްކަތުގައި އެންމެ ފުރިހަމައަށް އެއްބާރުލުން ދިން ސަރުކާރުގެ ކުންފުންޏަކީ ވެމްކޯ ކަމަށް އެކޮމިޓީން ބުނެފިއެވެ.

 

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޮމިޓީން މިއަދު ބުނީ ކޮމިޓީގެ މަސައްކަތްތަކަށް ކުންފުނި އެކުގައި ހުޅުވައިލަދިން ކަމަށާއި މުވައްޒިފުންގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ.

 

ކޮމިޓީން ބުނީ ވެމްކޯއަކީ މުޅިން އަލަށް އުފައްދައި މުޅިން އައު ޚިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދާ ކުންފުންޏެއް ކަމަށާއި އެހެންކަމާއިއެކުވެސް ކުންފުނީގެ މަސައްކަތްތަކަށް އެކަށީގެންވާ ކުރިއެރުމެއް ލިބެމުން އަންނަ ކަމަށެވެ. އަދި ވެމްކޯއަކީ ގިނަ އަދަދެއްގެ ވެހިކަލްތައް ބޭނުންކުރާ ކުންފުންޏަކަށްވާއިރު އެ ވެހިކަލްތައް އަމިއްލައަށް މަރާމާތުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ވެސް ކޮމިޓީން ފާހަގަކުރިއެވެ.

މިއަދު އޮންލައިން