މިއަދުން މިއަދަށް ފަޅެއް 5 މިލިއަން ޑޮލަރަށް ވިއްކަން އެބަ މަސައްކަތް ކުރޭ: ޓްރާންސިޝަނަލް ކޮމިޓީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މިއަދުން މިއަދަށް ފަޅެއް 5 މިލިއަން ޑޮލަރަށް ވިއްކަން އެބަ މަސައްކަތް ކުރޭ: ޓްރާންސިޝަނަލް ކޮމިޓީ

ސަރުކާރުގެ ކުންފުންޏެއްގެ ދަށުގައި އޮތް ފަޅެއް މިއަދުން މިއަދަށް 5 މިލިއަން ޑޮލަރަށް ވިއްކައިލަން މަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޓްރާންސިޝަނަލް ކޮމިޓީން ބުނެފިއެވެ.

 

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބުނީ އެކަން ކުރަން އުޅޭކަމަށް މައުލޫމާތު ލިބެނީ މިއަދުން މިއަދަށް ފަޅު ޓޫރިޒަމް މިނިސްޓްރީގެދަށަށް ބަދަލުކޮށްގެން ކަމަށެވެ. އަދި އެ ފަޅުގެ މުޢާމަލާމާތް މިއަދުން މިއަދަށް ނިންމައި 5 މިލިއަން ޑޮލަރު ދުބާއީގެ ކުންފުންޏަކުން ހޯދަން އުޅޭކަންވެސް އެނގިފައިވާ ކަމަށެވެ.

 

ކޮމިޓީން ބުނީ މިފަދަ މުޢާމަލާތްތައް ނުކުރުމަށް އިންތިޚާބީ ރައީސްގެ ފަރާތުން ވަނީ ކުރިންސުރެ އެދިވަޑައިގެންފައިކަމަށް ވުމުން އެފަދަ ކަންކަން ނުކުރުމަށް އެދޭ ކަމަށެވެ. އަދި އެއީ ކުރަންޖެހޭ ކަމެއްނަމަ އަންނަ ހަފްތާގައި އައު ސަރުކާރު ހަވާލުވުމުން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

 

ކޮމިޓީން ބުނީ މިހާރުވެސް ބައެއް ކުންފުނިތަކުން މަޤާމުތަކަށް ބަދަލު ގެނައުމާއި މުސާރަތައް ބޮޑުކުރުން ފަދަ ކަންކަން ކުރަމުން ގެންދާ ކަމަށާއި އެކަންކަންވެސް ކުރަމުން ގެންދަނީ އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމާއި ޚިލާފަށް ކަމަށެވެ. 

މިއަދު އޮންލައިން