ސްޕޯޓްސް ފެސްޓިވަލް ފެށުމަށް އިއްޔެ ބބޭއްވި ރަސްމިއްޔާތުގައި ޕްރެކްޓިސް ކުރައްވަނިކޮށް އިންތިޚާބީ ނައިބް ރައީސް ފައިޞަލް ނަސީމަށް ކޮންމެވެސް ވަރެއްޖެ އިންޖަރީ އެއް ލިބިވަޑައިގެން ރޭ ވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވައިފައެވެ.
މިކަމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ އެއީ ފަރުވާ ހޯއްދެވީ ވަރަށް ކުޑަ ކަމަކަށް ކަމަށާއި ހޮސްޕިޓަލުގައި ހޭދަކުރެއްވީވެސް ވަރަށް ކުޑަ ވަގުތު ކޮޅެއް ކަމަށެވެ. ފައިސަލަށް އަނިޔާ ލިބިވަޑައިގަތީ ރައީސް ނަޝީދު ދެއްވި ބޯޅައެއް ނަންގަވަން އުޅުއްވުމުގެ ތެރޭގައެވެ.