ޓެކްސީއެއް ކޮންޓްރުރޯލުން ނެއްޓި ފާރެއްގައި ޖެހިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ޓެކްސީއެއް ކޮންޓްރުރޯލުން ނެއްޓި ފާރެއްގައި ޖެހިއްޖެ

އައްޑޫ ސިޓީ ގަމުގައި ޓެކްސީއެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ގެޔެއްގެ ފާރަށް ފާރަކަށް މުޑިއަރައިފިއެވެ.

މައުލޫމާތު ލިބޭގޮތުން މި ހާދިސާގައި ދެމީހަކަށް ވަނީ އަނިޔާވެފައި އެވެ.

 
މިއަދުނޫހަށް ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 5:45 ހާއިރު ކަމަށެވެ.

މި ހާދިސާގައި ގެއްލުން ލިބިފައި ވަނީ ކާރުގައި ތިބި ދެމީހުންނަށެވެ. އަދި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.


މި ހާދިސާގައި ގެއްލުން ލިބުނު ޓެކްސީ ޑްރައިވަރު ރޭ ހިތަދޫ ރިޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީ، ދޫކޮށްލާފައި ވާކަމަށް ހަބަރު ލިބެއެވެ.

މިއަދު އޮންލައިން