އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ދުވަހުން ފެށިގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރަން ބޭނުންވި ކަމަށާއި ނަމަވެސް އެކަން ކުރުމަށް ބޭނުންވާ މައުލޫމާތު ނުލިބުމުގެ ސަބަބުން ތަންކޮޅެއް ލަސްވާނެ ކަމަށް ޓްރާންސިޝަނަލް ކޮމިޓީން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލްޔާސް ލަބީބް މިއަދު ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮ ކުރުމަކީ އިންތިޚާބީ ރައީސްގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންކަމުން އެ ވައުދު ވީހައި އަވަހަކަށް ފުއްދަވަން އިންތިޚާބީ ރައީސް ބޭނުންފުޅުވާ ކަމަށެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުކަން ރައްޔިތުން އަބަދުވެސް އަންނަނީ ފާހަގަކުރަމުންނެވެ.