އައްޑިހަ މިލިއަން ރުފިޔާއިން އިންތިޙާބު ބޭއްވުމަށް ދަތިވަނެ – އީސީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
އައްޑިހަ މިލިއަން ރުފިޔާއިން އިންތިޙާބު ބޭއްވުމަށް ދަތިވަނެ – އީސީ

2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޙާވަށް ޚަރަދުކުރުމަށް އެންމެ 80 މިލިއަން ރުފިޔާ ދޭން ނިންމައިފި ނަމަ އިންތިހާބު ބާއްވުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އިސީ) އިން ބުނެފިއެވެ.

 

އެނގިފައިވާ ގޮތުން މަޖިލިސް އިންތިޙާބަށް ހަރަދުވާނެ ކަމަށް އީސީއަށް އަންދާޒާކުރެވިފައި ވަނީ 123 މިލިއަން ރުފިޔާއެވެ. އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބަށް 80 މިލިއަން ރުފިޔާ ދޭން ހުށަހަޅާފައިވަނީ އެކަމަށް 123 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އެނގިފައި ވަނިކޮށެވެ.

 

”ބަޖެޓު ކޮމިޓީން އެބަ އޮތް އަންގާފައި ދަތިވާ ކަމެއް ހުރިނަމަ އަންގަން. އެހެންވީމަ އަޅުގަނޑުމެން ތަފުސީލުތައް ލިއުމުން ކޮމިޓީއަށް ފޮނުވާނަން،" އަކްރަމް އިތުރަށް ވިދާޅުވިއެވެ.

 

މަޖިލިސް އިންތިހާބަށް ބަޖެޓުގައި ހިމަނާފައި ވަނީ ހަރަދުވާނެ ކަމަށް ލަފާކުރެވުން ވަރަށް ވުރެ 40 މިލިއަން ކުޑަ އަދަދެކެވެ.

މިއަދު އޮންލައިން