ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ވެރިކަން ނިމުމުން، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ހ. ދޫވެއްސަށް މާދަމާ ބަދަލުވެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ބަދަލުވެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ. ނަމަވެސް މިހާރުވެސް އެގެކޮޅަށް އެއްޗެހި ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ދޫވެއްސަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރުވެސް އިމާރާތް ކުރަމުންދާ އެގެކޮޅުގެ ދެ ފަންގިފިލާގެ މަސައްކަތް މުޅިންހެން ވަނީ ނިމިފައެވެ.
ރާއްޖޭގެ ރައީސްކަން އެމަނިކުފާނު ކުރެއްވީ ހިލާލީގޭގައެވެ. އަންނަ ހޮނިހިރު ދުވަހު ހުވާ ކުރައްވާ އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުންނެވުމަށް ހަމަޖެހިފައިވަނީ އެގެކޮޅުގައެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ހުންނެވުމަށް ހަމަޖެހިފައިވަނީ މުލިއާގޭގައެވެ.