އެޗްޑީސީގެ މުވައްޒިފުންނަށް މިމަހު މުސާރަ ދެވޭނެ ގޮތެއްވެސް އަދި ނެތް: ކޮމިޓީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެޗްޑީސީގެ މުވައްޒިފުންނަށް މިމަހު މުސާރަ ދެވޭނެ ގޮތެއްވެސް އަދި ނެތް: ކޮމިޓީ

އެޗްޑީސީގެ މާލީ ޙާލަތު ދަށްވެ ފައިސާ ހުސްވެ މުވައްޒިފުންނަށް މިމަހުގެ މުސާރަ ދެވޭނެ ގޮތެއްވެސް އަދި ނެތް ކަމަށް ޓްރާންސިޝަނަލް ކޮމިޓީން ބުނެފިއެވެ.

 

ކޮމިޓީން މިއަދު ބުނީ 2001 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގައި މަސައްކަތްކޮށްފައިވާ މުވައްޒިފުންގެ ދެ ގުނައަށްވުރެ  2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އިތުރުކޮށްފައިވާ ކަމަށެވެ. ކުރާނެ އެއްވެސް މަސައްކްތެއް ސެކިޔުރިޓީންގެ ނަމުގައިވެސް ވަޒީފާ ދީފައިވާ ކަމަށެވެ.

 

ކޮމިޓީން ބުނީ އެޗްޑީސީން ވަނީ ނަގަން ނުޖެހޭ ލޯނުތައް ނަގައި އެތައް ސަތޭކަ މިލިއަން ރުފިޔާ ޚަރަދުކޮށްފައި ކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ. ލޯނު ނަގާފައިވާ ކަންކަމުގެ ތެރޭގައި ކުންފުންޏާއި އެއްވެސް ގުޅުމެއް ނެތް ކަންކަން ވެސް އެބަހުރިކަން ހާމަކުރަމުން ކޮމިޓީން ބުނީ ކަރަންޓު ދިނުމަކީ ސްޓެލްކޯ އިން ކުރަންޖެހޭ ކަމަކަށްވީ ނަމަވެސް ކަރަންޓުގެ މަޝްރޫއެއްވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެޗްޑީސީގެ މުވައްޒިފުންނަށް ކުރެވޭނެ މަސައްކަތެއް ބޭރު ކުންފުންޏަކާއި ހަވާލުކުރުން ފަދަ ކަންކަން ވެސް ކޮށްފައިވާ ކަމަށެވެ.

 

ކޮމިޓީން ބުނީ މިކަންކަން ކުރަމުން އައިސްފައިވަނީ ފޮރުވިފައިވާ ސަބަބުތަކެއް އޮވެގެން ކަމަށް ޤަބޫލުކުރާ ކަމަށާއި ޙަޤީޤަތް ހޯދޭނީ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. 

މިއަދު އޮންލައިން