35 ވަނަ އޭޝިއަން ބޭންކިން އެސޯސިއޭޝަން (އޭބީއޭ) ގެ އަހަރީ ކޮންފަރެންސް ރާއްޖޭގައި މިއަދު ފަށައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސް އަކީ ރާއްޖޭގެ ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ބޭންކިން ކޮންފަރެންސެވެ.
ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަ އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖޭގައި އޭބީއޭގެ 35 ވަނަ ކޮންފަރެންސް ބޭއްވުމަށް ފުރުސަތު ލިބުމުން ވަރަށް ފަހުރުވެރިވާ ކަމަށެވެ.
މި ކޮންފެރެންސްގައި އޭޝިއާގެ ބޮޑެތި މާލީ އިދާރާތަކުގެ ސީއީއޯއިންނާއި އިސްވެރިން ހިމެނޭ ގޮތަށް 25 ގައުމެއްގެ، 100 އަށް ވުރެ ގިނަ ބައިވެރިން ހިމެނެ އެވެ.