މައްޗަންގޯޅީ ގެއެެއްގައި އަލިފާން ރޯވެއްޖެ

ކިޔުމަށް ހޭދަވާނީ 44ސ
މައްޗަންގޯޅީ ގެއެެއްގައި އަލިފާން ރޯވެއްޖެ

މއ. ސެމީޑީލް ނަމަކަށް ކިޔާ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހަވީރު 17:35 ގައި ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސަސް އިން ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އަލިފާން ރޯވެފައިވަނީ 10 ބުރީގެ އިމާރާތެއްގައި ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

އިމާރާތް އިތުރަށް ބެލުމަށް، ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުން، އެއިމާރާތުން މީހުން ހުސްކުރަމުން އެބަދެއެވެ.

އެއިމާރާތުގެ ހަތަރު ވަނަ ފަންގިފިލާގައި އަލިފާނުގެ އަސަރު ކުރި ކަމަށާއި، އެއީ ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

 

މިއަދު އޮންލައިން