ޤައުމަށް ކުރިއެރުން ހޯދައިދޭން 4 ލީޑަރުން މިތިބީ އަތާ އަތުކުރި އޮޅާލައި، ގުޅާލައިގެން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޤައުމަށް ކުރިއެރުން ހޯދައިދޭން 4 ލީޑަރުން މިތިބީ އަތާ އަތުކުރި އޮޅާލައި، ގުޅާލައިގެން: ޤާސިމް

ދިވެހި ރައްޔިތުންނަށާއި ޤައުމަށް ކުރިއެރުން ހޯދައިދޭން ކޯލިޝަނުގައި ހިމެނޭ 4 ލީޑަރުން ތިއްބެވީ އަތާ އަތުކުރި އޮޅާލައްވައި އަދި އަތާއަތުކުރި  ގުޅާލައްވައިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ހޮޓެލްޖެންގައި މިއަދު ބޭއްވެވި 4 ލީޑަރުންގެ ބައްދަލު ކުރެއްވުމަށްފަހު ޤާސިމް އިބްރާހީމް ވިދާޅުވީ އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއިއެކު  ލީޑަރުންވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށެވެ. އަނިޔާވެރިކަމާއި ފިތުނަ ފަސާދައިން ދުރުވެ ޤާނޫނީ ހަމަތަކުގެ މަތިން ދުސްތޫރީ ވެރިކަމެއް ކުރުމުގެ ފައިދާ ހޯދައިދީ ރައްޔިތުންގެ ބާއްޖަވެރިކަމަށްޓަކައި ކަމަށެވެ.

 

ޤާސިމް އިބްރާހީމް ވިދާޅުވީ ބައްދަލުވުމުގައި 4 ލީޑަރުންވެސް އެއްބަސްވީ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށާއި 4 ލީޑަރުންވެސް ބޭނުންފުޅުވަނީ އެންމެ އިޚްލާޞްތެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ.

 

މިއަދުގެ ބައްދަލުކުރެއްވުމަށްފަހު ރައީސް މުޙައްމަދު ނަޝީދު ވެސް ވިދާޅުވީ 4 ލީޑަރުން ގުޅިވަޑައިގެން އިންތިޚާބީ ރައީސްގެ ސަރުކާރަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވުމުގެ ފުރިހަމަ އިޚްތިޔާރު އިންތިޚާބީ ރައީސް އަށް އަރުވާފައިވާނެ ކަމަށާއި އިންތިޚާބީ ރައީސް އެކަން ކުރައްވާނީ މިއީ 4 ޕާޓީ ހިމެނޭ ކޯލިޝަނުގެ ސަރުކާރެއްކަން ވިސްނުންފުޅުގައި ބަހައްޓަވައިގެން ކަމަށެވެ.  

މިއަދު އޮންލައިން