އިންޑިއާގެ ކޮޗިންގެ ގެސްޓްހައުސެއްގެ ތެރޭގައި ދިވެއްސަކު މިއަދު ހެނދުނު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނިފައިވަނީ މ. މުލަކު ހުސެއިން ލަތީފު ނަމަކަށް ކިޔާ މީހެކެވެ. އެތަނުގައި އޭނާ މަރުވެފައި އޮއްވާ ފެނުފައިވަނީ އޭނާގެ އާއިލާއަށެވެ.
ހުސެއިން ލަތީފު އިންޑިއާއަށް ގޮސްފައިވަނީ އޭނާގެ އާއިލާގެ މީހެއްގެ އޮޕަރޭޝަނެއް ކުރުމަށް އެހީތެރިއެއްގެ ގޮތުގައެވެ.
އޭނާ ވަޅުލުމުގެ ކަންތައް މިހާރު ދަނީ ކުރަމުންނެވެ.