ކަރެކްޝަންސްގެ އިސްވެރިން އިސްތިއުފާއެއް ނުދެއްވާ - ކަރެކްޝަންސް

ކިޔުމަށް ހޭދަވާނީ 44ސ
ކަރެކްޝަންސްގެ އިސްވެރިން އިސްތިއުފާއެއް ނުދެއްވާ - ކަރެކްޝަންސް

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އިސްތިއުފާ ދެއްވި ކަމަށް ދެކެވޭ ވާހަކަތައް ކަރެކްޝަންސް އިން ދޮގުކޮށްފިއެވެ.

 

މިދެބޭފުޅުން އިސްތިއުފާ ދެއްވައިފި ކަމަށް އިއްޔެ ސޯޝަލް މީޑިއާ ގައި ވަނީ ވާހަކަ ފެތުރިފައެވެ.

 

ނަމަވެސް މިކަމާއި ގުޅޭގޮތުން ކަރެކްޝަންސް ގެ މީޑިއާ އޮފިޝަލް އަހުމަދު ލުގްމާން ވިދާޅުވީ، ލުގްމާންގެ ފޯނު ނަންބަރު ބޭނުން ކޮށްގެން ބަޔަކު ދަނީ މީޑިއާތަކަށް ހަގީގަތާއި ހިލާފު މެސެޖުތަކެއް ފޮނުވަމުން ކަމަށެވެ.

 

ލުގްމާން ވިދާޅުވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށާއި އެދެބޭފުޅުން ވެސް ތިއްބެވީ އެބޭފުޅުންނާއި ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރެއްވުމުގައި ކަމަށެވެ.

 

މިއަދު އޮންލައިން